އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ވަރުގަދަކުރަނީ

ލުބުނާނުގައި އިސްރާއިލުން ގެންދަނީ ގަތުލުއާއްމެއް ހިންގަމުން

އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަން ފަށައިފިއެވެ.

މިގޮތުން އެންމެ ފަހުން ވެރިރަށް ބެއިރޫތުގެ ދެކުނަށް ދިން ހަމަލާތަކުގައި މީހުން ދިރިއުޅޭ ހަތަރު އިމާރާތަކަށް މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ހަމަލާދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނަށް އިތުރު ސިފައިން ފޮނުވައި، ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި، ވެރިރަށް ބެއިރޫތުގެ ދެކުނު ސަބާބްސްގެ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލުބުނާނު ވެސް ޣައްޒާ ފަދައިން ފަނާކުރެވިދާނެ ކަމަށް ބުނެ އިންޒާރުދެއްވާފައެވެ. އަންގާރަ ދުވަހު ލުބުނާނުގެ ރައްޔިތުންނަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުނީ ހިޒްބުﷲ އަކީ މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ޖަމާއަތެއް ކަމަށެވެ.

ނަތަންޔާހޫ އިތުރަށް ބުނީ ހިޒްބުﷲގެ ވެރިޔާ ޙަސަން ނަޞްރުﷲއަށް ފަހު ދެން އެ ޖަމާއަތުގެ ވެރިއަކަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ލީޑަރު ވެސް މަރާލާފައި ވާ ކަމަށާއި، އޭނާގެ ބަދަލުގައި ދެން އަންޔަންކުރާ ލީޑަރު ވެސް މަރާލާނެ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށި ފަހުން ހިޒްބުﷲއާއި އިސްރާއީލާ ދެމެދު ހިނގާ ކުރިމަތިލުންތައް ވެސް ވަނީ އިތުރުވެފައެވެ. ހިޒްބުﷲއިން ބުނާ ގޮތުގައި އެ ޖަމާއަތުން އިސްރާއީލަށް ހަމަލާ ދެނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގެ ގޮތުންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 41,965 މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy