ހުއްދަނެތި ވިއްކާ އަތުޖެހިއަކާ މެދު އާންމުން ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިއްޖެ

ކުޅި ރޮށި އާމުންގެ މެދުގައި މަގުބޫލު ކާނާއެއް

'ބްރައިޓް ވިއު' ބްރޭންޑުގެ އަތުޖެހިއަކީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތި ވިއްކަމުންދާ އުފެއްދުމެއްކަން އިއުލާނުކޮށް، ކާބޯތަކެތި ގަތުމުގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، މި އަތުޖެހި ތައްޔާރުކޮށްފައިވާ 'ބްރައިޓް ވިއު'އަކީ، 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފުތަރު ކުރުމުގެ އުސޫލު'ގެ ދަށުން އެ އޮތޯރިޓީގައި ދަފްތަރު ކޮށްފައިވާ ފަރާތެއް ނޫނެވެ. އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ ވެސް އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމުގައި ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އުސޫލުގެ ދަށުން ދަފްތަރުކޮށްގެން، ހުއްދަތައް ނަގައިގެން ތަކެތި އުފައްދާ ވިއްކަމުންދާ ފަރާތްތަކުގެ މައުލޫމާތު އެމްއެފްޑީއޭގެ 'ދިރިތި' ޕޯޓަލް އާއި ވެބްސައިޓުގެ އިތުރުން ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ވެސް އަދާހަމަކޮށް ޝާއިއުކުރަމުންދާނެ ކަމަށް އެ އިދާރާގެ ނޫސްބަޔާނުގައިވެ އެވެ. އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާކަން ފާހަގަކުރެވިއްޖެ ނަމަ، އެކަން އެމްއެފްޑީއޭއަށް ގުޅާ ރިޕޯޓް ކުރުމަށް ވެސް އެދިފައިވެ އެވެ.

ސާފުތާހިރުކަން ކުޑަ ތަންތަނުގައި ގަވައިދާ އުސޫލުތަކާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާ ގިނަ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެއަށްފަހު، އޮގަސްޓު މަހު އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، އެމްއެފްޑީއޭ އަށް ވަނީ އާއްމުންނާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ގިނަ ބާރުތަކެއް ދީފަ އެވެ.

އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން، ރަޖިސްޓްރީކޮށްގެން ހިންގާ، ކެއިންބުއިމާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް މި ޖެނުއަރީ މަހުން ފެށިގެން އޮގަސްޓުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ފަދަ 1،579 ތަނެއް ބަލައި ފާސްކޮށްފައި ވާއިރު، ސާފުތާހިރުކަން ކުޑަވެގެން 14 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އިމިގްރޭޝަނުން ވެސް އަންނަނީ، ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކެއް ވެސް ހުއްޓުވައި މީހުންނާ މެދު ފިޔަވަޅު އަޅަމުންނެވެ. މިއިން އެއްވެސް ތަނަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނެއް ނޫނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި، ގާނޫނާ ހިލާފަށް ކާބޯތަކެތި ހަދައި ވިއްކާ ނަމަ، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމާއި، އެ ފަރާތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުން ހިމެނެއެވެ. މީގެ އިތުރުން، ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބަލާ ފާސްކުރުމަށް އެތަންތަނަށް ވަދެވުމާއި، ގަވައިދާ ހިލާފުވާ ތަންތަން ބަންދުކޮށް، އެކަންކަން އިސްލާހުކުރުމުން ހުޅުވަން ހުއްދަ ދިނުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި ގަންނަ އިރު ސަމާލުވުމަށާއި، އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތައް ފެނިއްޖެނަމަ އެކަން ރިޕޯޓުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިކަމަށް ރިޕޯޓުކުރުމަށް 7603204 އަދި 3014361 ނަންބަރުތަކަށް ގުޅުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy