ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، އެ އެސޯސިއޭޝަންގެ ހިޔާނާތުގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ރޭ ދަންވަރު 12 ޖެހިއިރު ފުލުހުންނާ ހަވާލުކޮށްފިއެވެ.

މި އެޕާޓްމަންޓްތަކަކީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގައި ހުރި ދެ އެޕާޓްމަންޓެވެ.

ކުރިން ފުލުހުން ބުނެފައިވަނީ ބައްސާމްގެ އެދުމުގެ މަތިން މި މަހުގެ 31 އަށް އެޕާޓްމަންޓްތައް ހަވާލުކުރުން ލަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެޕާޓްމަންޓްތައް ހަވާލުކުރުން ލަސްކޮށްދެވެން ނެތް ކަމަށް ނިންމި ކަމަށް ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މި އެޕާޓްމަންޓްތައް ގަތުމަށް ބޭނުންކޮށްފައިވަނީ ކޮވިޑް-19ގެ ދަނޑިވަޅުގައި ފުޓްބޯޅަ ކްލަބްތަކަށް އެހީތެރިވުމަށް ފީފާއިން ނަގާފައިވާ 1.9 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 1 މިލިއަން ޑޮލަރެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ މަހު ވަނީ ފޮނުވާފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަމީން ކޮންސްޓްރަކްޝަނަށް އެފްއޭއެމްގެ ފައިސާއިން 1 މިލިއަން ޑޮލަރު ދައްކާފައިވާއިރު، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް ދައްކާފައެއް ނުވެއެވެ. އަދި ފައިސާ ދެއްކި ކަމަށް ދައްކުވައިދޭ ދޮގު ލިޔެކިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy