ޗެލްސީގެ ކޯޗު މަރެސްކާ
މި ސީޒަނަށް ޗެލްސީގެ ކޯޗުކަމާއި އަލަށް ހަވާލުވި މަރެސްކާގެ ކޯޗުކަމުގައި މި ވޭތުވެދިޔަ ތިން މަސްދުވަހު ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުނެފިއެވެ.
ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗަށްފަހު މަރެސްކާ ބުނެފައި ވަނީ ލީގުގެ ހަތަރުވަނާއިގައި އޮތުމަކީ ގޯސް ހިސާބެއް ނޫން ކަމަށެވެ.
"އެންމެ ގިނަ ވެގެން 21 ޕޮއިންޓް ލިބެން އޮތީ މި ހަތް މެޗުން. އަހަރެމެން 14 ޕޮއިންޓް ހޯދައިގެން، އެއް ވަނައިގައި އޮތް ޓީމާ ހަތަރު ޕޮއިންޓުގެ ފަރަގެއް މި އޮތީ. ލީގުގެ ހަތަރެއްގައި މި އޮތީ ވެސް. މިއީ، ގޯސް ހިސާބެކޭ ޔަގީނުން ވެސް އަހަންނެއް ނުބުނާނަން،" މަރެސްކާ ބުންޏެވެ.
ނަމަވެސް މަރެސްކާ ފާހަގަކުރި ގޮތުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ނަތީޖާ ނެރުމުގައި ދަތިތަކެއް ދިމާވަމުންދެއެވެ. އެހެންނަމަވެސް އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ތިން މެޗުގައި މޮޅުވެފައިވާތީ، އެއީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި މަރެސްކާ ދެކެއެވެ.
ޗެލްސީގެ ކުރިއަށް އޮތް މެޗަކީ މަހުގެ 20 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެކެވެ. މި މެޗަށް ތައްޔާރުވުމުގައި ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށް މަރެސްކާ ބުނެފައި ވެއެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް