ކަރާޗީގައި ދެވުނު ހަމަލާގެ ތެރެއިން
ޕާކިސްތާނުގެ ކަރާޗީގައި އޮންނަ ޖިންނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން ބޮޑު ތެޔޮ ބައުޒަރެއް ގޮއްވާލައިގެން ދިން ނިރުބަވެރި ހަމަލާއެއްގައި ޗައިނާގެ ދެ ރައްޔިތުން މަރުވެއްޖެއެވެ. މި ހަމަލާގެ ޒިންމާ ބަލޫޗިސްތާނު ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ ނަގައިފައެވެ.
ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީން މަޢުލޫމާތު ދިން ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ ޕޯޓް ޤާސިމް އިލެކްޓްރިކް ޕަވަރ ކޮމްޕެނީގެ އުޅަނދުތަކަކަށެވެ. މި ހަމަލާގައި ޗައިނާގެ އިތުރު ރައްޔިތަކު ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބީއެލްއޭ އަކީ ޕާކިސްތާނުގެ ބަލޫޗިސްތާން ސޫބާގެ މިނިވަންކަމަށް މަސައްކަތްކުރާ ވަކިވެގެންވާ ހަނގުރާމަވެރި ޖަމާޢަތެކެވެ. މި ޖަމާޢަތުން އާންމުކޮށް އަމާޒުކުރަނީ ޕާކިސްތާނުގައި ހުރި ޗައިނާގެ މަޞްލަޙަތުތަކަށެވެ.ެ.
ބޮޑުވަޒީރު ޝަރީފް ވިދާޅުވީ މި ހަމަލާއާ ގުޅިގެން ތަޙުޤީޤު ކުރިޔަށްދާ ކަމަށާއި ޕާކިސްތާނުގައި ތިބޭ ޗައިނާގެ ރައްޔިތުން ރައްކާތެރިކުރުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ޕާކިސްތކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ޕާކިސްތާނުގައި ކުރަމުންދާ ބިލިއަން ޑޮލަރުތަކުގެ އިންވެސްޓްމަންޓްތަކަށް މިފަދަ ސަލާމަތީ މައްސަލަތަކުގެ ސަބަބުން އަސަރުކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް