މިނިސްޓަރ ޑރ.ޝަހީމް އާއި ސްޓެލްކޯގެ އެމްޑީގެ ބައްދަލުކުރެއްވުމުގެ ތެރެއިން
އިސްލާމީ މަރުކަޒުގެ މުންނާރު ދޮށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ސްޓެލްކޯއިން ނިންމާފައިވަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ ދަށުންނެވެ.
މިކަން ހާމަކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމަކީ ސްޓެލްކޯއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، އެއީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ.
މި ނިންމުމާއެކު، ކުރިން އިސްލާމިކް މިނިސްޓްރީން އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅުވައިގެން މަސްފެންގަނޑެއް ހެދުމަށް ކުރި އިޢުލާން ބާޠިލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް