ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ: ރައީސް

---

ންޑިއާއާ އެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެއްވި ސްޓޭޓްމަންޓްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެއްކަމަށާއި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުގައި އިންޑިއާއިން އަބަދުވެސް އެހީވުމަށް ތައްޔާރަށް އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލުމުން އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭގެ

"އަޅުގަނޑުމެންގެ މިއަދުގެ މަޝްވަރާތަކުގައި ފާހަގަކުރެވުނީ ރާޢްޖޭގެ އިޤްތިޞާދީ ހަމަޖެހުން އިތުރުވާނެ އިތުރު ފިޔަވަޅުތަކެއްގައި ދެ ޤައުމުގެ ގުޅުން މުހިއްމު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ވެވުނު ބައެއް އެއްބަސްވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ އެއްބަސްވުންތަކުގެ ސަބަބުން މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާވުމުގެ އިތުރަށް، މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރި އެއްބަސްވުން އެކުލަވާލުމުން ދެ ޤައުމުގެ ފުރިހަމަ އިޤްތިޞާދީ ޤާބިލުކަން ބޭނުންކުރެވޭނެކަމަށާއި ފަތުރުވެރިކަމާއި ތަރައްޤީގެ ދާއިރާއިންވެސް އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރެވޭނެކަން ފާހަގަކުރައްވައި އެ އެއްބަސްވުން އެކުލަވާލެވޭނެ ދުވަހަށް އިންތިޒާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.

"އިންޑިއާ ކަނޑުގެ ސަލާމާތާއިހަމަޖެހުމުގައި ދެ ޤައުމުގެ ގުޅުން މުހިއްމު. އިންޑިއާއަކީ ކަނޑުގެ ސަލާމަތީ ދާއިރާގައި މުހިންމު ބައިވެރިއެއްކަމަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރުވެރިކަމުގެ ސިނާއަތުގައި އިންޑިއާގެ ފަތުރުވެރިން މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ އެޤައުމުގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy