އަނެއްކާވެސް 52.1 މިލިއަން ރުފިޔާ ދެއްކުމަށް އެފްއޭއެމްއަށް ކޯޓުން އަމުރުކޮށްފި

އެފްއޭ އެމުގެ މައި އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑަށް 3،382،000 ޑޮލަރު (52.1 މިލިއަން ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން، މި ފައިސާއަކީ އެފްއޭއެމް އާއި ޓީކުއިން ކޮންސްޓްރަކްޝަންއާ ދެމެދު 2021 ވަނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު ގާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ އަގުތަކާއި ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގެވެ.

މި ފައިސާ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަންވާނެ ކަމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ރާއްޖޭގެ ކޯޓުތަކުން އަންނަނީ އެފްއޭއެމް އާއި ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މީގެ އިތުރުން، އެފްއޭއެމްގެ މައްޗަށް މީގެ ކުރިންވެސް އެކި އެކި ކުންފުނިތަކަށް ފައިސާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ވަނީ މާލީ ހިޔާނާތުގެ ބޮޑަތި މައްސަލަ ގަނޑެއްގެ ތެރޭގައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފައެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy