ރަޝިޔާއިން ޠާލިބާނުން ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އުނިކުރަން ނިންމައިފި

ޠާލިބާނުންނާއި ރަޝިޔާގެ އިސްވެރިން

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އުނިކުރަން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނިންމައިފިއެވެ.

ރަޝިޔާގެ ހާރިޖިއްޔާ އާއި ހަވާލާދީ އެ ގައުމުގެ ދަޢުލަތުގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ ފަންތީގައި ފުޅާ ދާއިރާއެއްގައި ގިނަ މަޝްވަރާތަކެއް  ކުރުމަށްފަހުގައެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ޤައުމަކުން ޠާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގަނެފައެއް ނުވެއެވެ. އެހެންނަމަވެސް، ޗައިނާއާއި ޔޫއޭއީން ވަނީ ޠާލިބާނުންގެ ސަފީރުން ބަލައިގަނެފައެވެ.

ރަޝިޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޒައިމީރް ކަބޫލޮފް ވިދާޅުވެފައިވަނީ، ޠާލިބާނުން ލިސްޓުން އުނިކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޠާލިބާނަކީ ރަޝިޔާގެ ވާގިވެރިއެއް ކަމުގައި ވިދާޅުވެފައެވެ.

ރަޝިޔާއިން ޠާލިބާނުން ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވަނީ 2003 ވަނަ އަހަރުއެވެ. ނަމަވެސް، 2021 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ދަނީ ޠާލިބާނުންނާއެކު ގުޅުން ބަދަހި ކުރަމުންނެވެ. މިއީ ދެ ފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލާ ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކާބުލާއެކު ސިޔާސީ، ވިޔަފާރި އަދި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރަމުންދާނެ ކަމުގައި ވެސް އޭސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy