ދުވަސްވީ މީހުންގެ އަތުން ފޭރުން އިތުރުވާތީ ސަމާލުވުމަށް އެދިއްޖެ

އިސްރައްވެހިންނަކީޤައުމުގެ ތަރައްޤީ ގައި މުހިއްމުބައެއް

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރިގެން ހުށަހަޅާ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރެނީ އެމީހުންނާ ދިމާވުމުން ދަންނަ މީހެއްގެ ގޮތުގައި ތަޢާރަފުވެ، އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސްގެންނެވެ. މިފަދަ ޢަމަލުތައް ހިންގާ މީހުންނާ މެދު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންގެ ޢާއިލާތަކުން މިފަދަ ކަންކަމަށް ސަމާލުވުމަށް އެދިފައިވެއެވެ.

މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިއަހަރު ތެރޭގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ފިރިހެނުން ގެންގޮސް ފޭރެމުން ދިޔަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ފުލުހުން ވަނީ ރައްޔިތުންނަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި އެމީހުންގެ ޢާއިލާތަކުން މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ދިވެހި ފުލުހުންގެ އިދާރާއިން އެދިފައި ވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy