އދ. ސެކްރެޓަރީ ޖެނެރަލް އެތެރެވުން އިސްރާއީލުން މަނާކޮށްފި

ސެކްރެޓަރީ ޖެނަރަލް ނަތަންޔާހޫ އާއި އެކު

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އިސްރާއީލަށް އެތެރެވުން މަނާކޮށްފައިވާ ކަމަށް އިސްރާއީލުގެ ފޮރިން މިނިސްޓަރު ކަޓްޒް ބުނެފިއެވެ.

މި ނިންމުން ނިންމާފައިވަނީ އީރާނުން އިސްރާއީލަށް ދިން ހަމަލާތައް ގުޓަރޭޒް ކުށްވެރިކޮށްފައި ނުވާތީއެވެ.

ކަޓްޒް ބުނެފައިވަނީ ހަމާސްގެ ހަމަލާތައް ކުށްވެރިނުކުރުމާއި، ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑަނޭޅުމަކީ އދ. ގެ ތާރީޚުގައި ޖެހޭ ލައްގަނޑެއް ކަމަށެވެ. އަދި އިސްރާއީލުގެ ރައްޔިތުން ދިފާއުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ އިސްރާއީލަށް ދިން ހަމަލާއަކީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިޔާ އަށާއި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދެވުނު ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި އިޒްރޭލުގެ "މުހިންމު އަސްކަރީ މަރުކަޒުތަކަށް" އަމާޒުކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުގެ ބިރު އުފެދިފައިވާއިރު، ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ އިސްރާއީލާއި އީރާނަށް ހަނގުރާމަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ގޮވާލާފައެވެ. އަދި ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލުމަށާއި، ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން މައްސަލަ ހައްލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. މި ކަމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy