އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިމަހުގެ އެއްވަނަ ދުވަހު ތަންފީޒުކުރަން ފެށި ބޭރުފައިސާއާ ބެހޭ އައު ގަވާއިދުގެ ދަށުން، ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ އަދި ޚިދުމަތްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވިޔަފާރިއެއް މިހިނގާ އޮކްޓޫބަރ މަހުގެ 31 ގެ ކުރިން އެމްއެމްއޭގެ އެފްއެކްސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވާންޖެހޭ ކަމަށެވެ.
މި ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެއެވެ. މިގޮތުން:
- ކެޓަގަރީ "އޭ" (ރިސޯޓުތައް، ހޮޓާތައް، ޓޫރިސްޓް އުޅަނދުތައް): ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން
- ކެޓަގަރީ "ބީ" (ގެސްޓްހައުސްތައް، 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ހޮޓާތައް): ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން
މި އަދަދުތައް ކޮންމެ މީލާދީ މަހެއް ނިމި، އޭގެ ފަހުން ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަންޖެހޭނެއެވެ.
އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި މި ގަވާއިދުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ފަސޭހަވެގެންދާނެއެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް