އެމްޑީޕީން ސިޔާސީ ތަމްރީނު ދޭ މަރުކަޒެއް ގާއިމުކުރަން ނިންމައިފި

އެމްޑީޕީ ގައުމީ މަޖިލހުގެ ރިޔާސަތު / ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ސިޔާސީ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށް އެކަޑަމީއެއް ނުވަތަ މަރުކަޒެއް ގާއިމު ކުރުމަށް ނިންމައި، އެކަން އެ ޕާޓީގެ ގައުމީ މަޖިލީހަށް ރޭ ހުށަހަޅައިފިއެވެ.

ރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީއިން ކުރަން ނިންމާފައިވާ ތިން ކަމެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. ސިޔާސީ ދާއިރާއިން ކިޔަވައިދިނުމަށް އެކަޑަމީއެއް ހުޅުވުން

2. ތިންކް ޓޭންކެއް އުފެއްދުން

3. މާލީ ގޮތުން އަމިއްލައަށް ބާރުވެރިވުމަށް ރިއަލް އެސްޓޭޓް ވިޔަފާރިކުރުން

ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަގްސަދަކީ ސިޔާސީ މައިދާނަށް ނުކުންނަ މީހުންނަކީ ގާބިލް، ސިޔާސީ ކަންކަމަށް ރަނގަޅަށް ރޯފިލާފައި ތިބި ބަޔަކަށް ހެދުމެވެ. އެހެންކަމުން، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ސިޔާސީ އެކަޑަމީއެއް ހިންގުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލްސާގައި ބައިވެރިވި މެމްބަރުން މި ހުށަހެޅުމަށް ފުރިހަމައަށް ތާއީދުކުރެއްވިއެވެ. މެމްބަރުން ދެކޭގޮތުގައި ގައުމު ހިންގަނީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ކަމަށްވާތީ، ސިޔާސީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކު ތިބުމަކީ ދުޅަހެޔޮ ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަށް މުހިންމު ކަމެކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި މިފަދަ އެކަޑަމީއެއް ހުރެއްޖެނަމަ، ޝައުގުވެރިކަން ހުންނަ އަންހެނުންނަށް ސިޔާސީ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފައްޔާޒު އިސްމާއީލް ފާހަގަކުރެއްވި ގޮތުގައި މިފަދަ ތަނެއް ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސިޔާސީ ޕާޓީއަކުން، ޕާޓީގެ ނަމުގައި މިފަދަ ކަމެއް ކުރުމާ މެދު ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތް ސާފު ނުވުމެވެ.

ޖަލްސާގައި ހުށަހެޅުނު އެހެނިހެން ކަންކަމަށްވެސް މެމްބަރުން ތާއީދުކުރެއްވިއެވެ. މިއީ ޕާޓީ ހިންގުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށް މެމްބަރުން ދެކެވަޑައިގަންނަވައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy