އެމްއެމްއޭ
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު (ޑީބީއެމްއެލް) އުފެދުމުން ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި ހަދަމުންދާ އަދި މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކަށް މިހަފުތާ ތެރޭގައި ލައިސަންސް ދޫކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ރިސޯޓު ތަރައްޤީކުރުމަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ދިނުމުގެ ޤާބިލުކަން ނެތެވެ. އެހެންކަމުން، ޑިވެލޮޕްމަންޓް ބޭންކު އުފެދުމުން މިފަދަ މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޭންކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ޓުއަރިޒަމް އިންޑަސްޓްރީގެ ހަދަމުންދާ ނުވަތަ މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކަށް" ގަވަރުނަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޑިވެލޮޕްމޮޕްމަންޓް ބޭންކުގެ ސަބަބުން ބޭރުން ފައިނޭންސް ހޯދުމުގެ ބަދަލުގައި ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން ފައިނޭންސް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެވީ މިއަހަރުގެ މޭ 16 ގައި ކަމަށާއި، މި ބޭންކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުން ހިމެނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް