އިރާނުން ބުނަނީ ހަމަލާ ދީފިނަމަ ރައްދު ހަމަލާ ދޭނެކަމަށް
އިސްރާއީލުގައިވާ އަސްކަރީ އަދި ޓެރަރިސްޓް މަރުކަޒުތަކަށް 250 އަށްވުރެ ގިނަ ދުރުރާސްތާގެ މިސައިލުން ހަމަލާދީފި ކަމަށް އީރާނުން މިއަދު ހާމަކޮށްފިއެވެ.
މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި އިސްރާއީލުގެ ދިފާއީ ސިސްޓަމްތައް ގިނަ މިސައިލްތަކަށް ހުރަސްއެޅުމުގައި ފެއިލްވެފައިވެއެވެ.
އީރާނުގެ ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ސިޓީތަކަށް ސީދާގޮތެއްގައި 100 އަށްވުރެ ގިނަ މިސައިލް އަމާޒުވެފައިވާ ކަމަށެވެ. އަދި ހުރަސްއެޅުނު މިސައިލްތަކުގެ ބައިތައް ވެސް އިސްރާއީލުގެ ސިޓީތަކަށް ވެއްޓިފައިވާކަމަށް އީރާނުން ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައިވަނީ އީރާނުގެ ހަމަލާތަކަށް އިސްރާއީލުން ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. ނަމަވެސް، އދ. ގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް މިޝަންގެ ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން އިތުރު ހަމަލާއެއް އީރާނަށް ދީފިނަމަ، ދެން ހަމަލާދޭނީ މިފަހަރު ހަމަލާދިން މިސައިލްތަކަށްވުރެ އެތައްގުނަ ބާރުގަދަ މިސައިލްތަކުން ކަމަށެވެ.
އީރާނަކީ އަޑަށްވުރެ 9 ގުނަ ބާރަށް ދަތުރުކުރާ ހައިޕަރސޮނިކް މިސައިލް އުފައްދާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. މިއީ ރާޑަރަށް ނާރާ އަދި ދިފާއީ ނިޒާމުތަކަށް ހުރަސްނޭޅޭ ބާރުގަދަ މިސައިލެކެވެ.
މި ހަމަލާތަކަކީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަށް އިސްރާއީލުން ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވަޒީރުން ވަނީ ބިމުއަޑީގައިވާ ބިންގަރާސްތަކަށް ގެންގޮސްފައެވެ. އަދި އިސްރާއީލުގެ އެތައް މިލިޔަން ރައްޔިތުންނެއް ވެސް ވަނީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް