އިތުރަށް ޗާޕުކުރި ފައިސާތައް އެމްއެމްއޭއަށް ނަގަނީ

އެމްއެމްއޭގެ ގަވަރުނަރު

މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް އަންނަ ނޮވެމްބަރު މަހު ފަށްޓަވާނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް ހިންގުމަށް ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުން ފާސްކޮށްގެންނެވެ.

މިދިޔަ ސަރުކާރުގައި، ތިން އަހަރު ދުވަހުގެ ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މިއީ މީގެ 40 އަހަރު ޗާޕުކުރި ފައިސާއާއި ނުބައްދަލު ޢަދަދެއްކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. މިއާއެކު ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނުރަނގަޅު އަސަރުކުރިކަމަށް އީޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.

‎ނޫސްވެރިންނާއެކު މަރުކަޒީ ބޭންކުން ބޭއްވި ބައްދަލުވުމެއްގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އެމްއެމްއޭއިން މިކަން ކުރަނީ ފައިސާ ޗާޕްކުރުމުގެ ސަަބަބުން އިޤްތިޞާދުގައި އިތުރަށް ދައުރުވަމުންދާ ފައިސާ މަދު ކުރުމަށެވެ. އެ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް ނިންމެވީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

‎މަރުކަޒީ ބޭންކުން ވިދާޅުވީ އެމްއެމްއޭއިން މި މަސައްކަތް ފެށުމުން ސަރުކާރުގެ ކޭޝްފްލޯއަށް ދަތިތަކެއް އަންނާނެކަމަށެވެ. ނަމަވެސް ސިނާޢަތްތަކުގެ ތަޖުރިބާކާރުން އަދި އެހެން ބޭފުޅުންގެވެސް ލަފާއަކީ، މިއީ ކޮންމެހެން ކުރަން ޖެހޭކަމެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

އެމްއޭއިން މިކަން ކުރާނީ އެއްފަހަރާ ނޫން ކަމަށާއި، މަޑުމަޑުން މިކަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގަވަރުނަރު ވިދާޅުވެފައެވެ. އެގޮތުން މާކެޓުން ފަސް ބިލިއަނާއި ހަބިލިއަން ރުފިޔާ ނަގާނެ ކަމަށް ގަވަރުނަރު ވިދާޅުވެއެވެ.

ޗާޕް ކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ދިވެހި ރުފިޔާ ވަނީ އިތުރުވެފައެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފައިސާ ޗާޕުކުރުމަކީ އޭރު ކޮންމެހެންވެސް ކުރަންޖެހުނު ކަމެއްކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް، ކޯވިޑަށްފަހު 2022 ވަނަ އަހާރާއި 2023 ވަނަ އަަހަރު އިޤްތިޞާދު އަލުން އިއާދަވާން ފެށުމުންވެސް ފައިސާ ޗާޕުކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާ މާކެޓުގައި އިތުރެވެ ޑޮލަރަށް އޮތް ޑިމާންޑު އިތުރުވިކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.

އިޤްތިޞާދީ މާހިރުން ޤަބޫލުކުރާ ގޮތުގައި ނިމިދިޔަ ސަރުކާރު ނިމުނުއިރު ޤައުމުގެ އިޤްތިޞާދު އިނދަޖެހުނު މައިގަނޑު އެއް ސަބަބަކީ ހައްދެއް، އުސޫލެއް ނެތި ފައިސާ ޗާޕުކުރުމެވެ. ބޭނުން މިންވަަރަކަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ އޭރުގެ ސަރުކާރަށް ދިނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. ރާއްޖެފަދަ ކުޑަ އިޤްތިޞާދެއް އޮންނަ ޤައުމަކަށް ފައިސާ ޗާޕުކުރުމަކީ އޭގެ ނުރައްކާ ބޮޑު ކަމެއްކަން އިޤްތިޞާދީ މާހިރުން ފާހަގަކުރައްވައެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

9 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

11 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy