ފަލަސްތީނަށް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީން ނިންމައިފި

ދެ ޤައުމުގެ އިސްވެރިން

ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ މަހަކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއާއިން ނިންމައިފިއެވެ.

ސައުދީ އަރަބިއާއިން ހާމަކުރި ގޮތުގައި މި ނިންމުން ނިންމާފައިވަނީ ޣައްޒާ އާއި އެ ސަރަހައްދުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުންނެވެ.

ސައުދީ އަރަބިއާއިން މި ކަން އިޢުލާނުކުރި ނަމަވެސް، ފޯރުކޮށްދޭނެ އެހީގެ މިންވަރު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މި އެހީއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ މަހަކު ލިބޭނެ އެހީއެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ސައުދީ އަރަބިއާގެ ސަލްމާން ރަސްގެފާނާއި ބޮޑުވަޒީރު އަދި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ރައްކާތެރި ކަމަށާއި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރުންނާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުނެފައެވެ.

ސައުދީ އަރަބިއާއިން އިތުރަށް ބުނެފައިވަނީ ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް އިސްކަންދޭ ކަމަށާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނީ ޢަމަލުތައް ހުއްޓުވުމަށާއި ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

މި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާނެ މުހިންމު އެހީތެރިކަމެއް ކަމަށް ބެލެވޭއިރު، ސައުދީ އަރަބިއާގެ މި ފިޔަވަޅަކީ އިސްލާމީ އުއްމަތުގެ އެހެން ޤައުމުތަކަށް ވެސް ނަމޫނާއެއް ކަމުގައި ސިޔާސީ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy