ރާއްޖެއާއި ސައުދީއާ ދެމެދު ވިޔަފާރީގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ވރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ އާ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން މިހާރަށް ވުރެ ކުރިއަރައި، އިންވެސްޓްމެންޓް ފުރުސަތުތައް އިތުރުވެގެންދާނެއެވެ. މީގެ ތެރޭގައި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާ މިހާރަށް ވުރެ ކުރިއަރުވުމުގެ ފުރުސަތުތައް ހޯދައިދިނުމާއި، ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސައުދީގެ ކޮމާސް މިނިސްޓަރު އަދި ފޮރިން ޓްރޭޑް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ޑރ. މަޖީދް ބިން އަބްދޫﷲ އަލްކައްސާބީއާ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ކުރިން، މިދިޔަ އޯގަސްޓު މަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސައުދީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި ޒަމީރު، އެ ދަތުރުފުޅުގައި ސައުދީގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާ ބައްދަލުކުރައްވައި، ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy