އަޖޭ ދޭވްގަން
އަޖޭ ދޭވްގަންގެ "ރެއިޑް 2" ރިލީޒްކުރާ ތާރީޚަށް ބަދަލު ގެންނަން ނިންމައިފިއެވެ.
2018 ވަނަ އަހަރު ރިލީޒްކުރި "ރެއިޑް"ގެ ސީކުއެލްއެއް ކަމަށްވާ މިފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މިއަހަރު ތެރޭގައި އަޖޭގެ ފިލްމުތަކުގެ ތާވަލަށް އަންނަމުންދާ ބަދަލާއެކު ލަފާކުރެވެނީ މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ކުރިން ނިންމި ތާރީޚުގައި ގެނެސްނުދެވޭނެ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް އައި އިރު އަޖޭގެ 2 ފިލްމެއް ރިލީޒްކޮށްފައިވެއެވެ. އެއީ މާރިޗު 08ގައި ރިލީޒްކުރި "ޝައިތާން"އާއި އެޕްރީލް 10ގައި ރިލީޒްކުރި "މައިދާން"އެވެ. އަދިވެސް ކުރިއަށް އޭނާގެ 3 ފިލްމެއް މިއަހަރުގެ ތެރޭގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 2 ފިލްމު ރިލީޒްކުރާ ތާރީޚަށް ވަނީ ބަދަލު ގެނެސްފައެވެ. އެއީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު "ސިންގަމް އަގެއިން"އާއި "ރެއިޑް 2"އެވެ.
އެންމެ ފުރަތަމަ އޯގަސްޓް މަހުގެ 15ގައި ރިލީޒްކުރަން ނިންމި "ސިންގަމް އަގެއިން" ފަސްކުރަން ޖެހުނު ސަބަބަކީ، އައްލޫ އަރުޖުންގެ "ޕުޝްޕާ 2"އާ ކްލޭޝް ވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން "ސިންގަމް އަގެއިން" މިހާރު ރިލީޒްކުރަން ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ ތެރޭގައި، އިންޑިއާގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށެވެ.
އެހެންކަމުން އަޖޭގެ "ސިންގަމް އަގެއިން" ލަސްކުރަން ޖެހުމަކީ "ރެއިޑް 2" ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެންނަން މަޖުބޫރުވި ސަބަބެވެ. އެހެނީ އެންމެ ފުރަތަމަ "ރެއިޑް 2" ރިލީޒްކުރަން ނިންމައިފައިވަނީ ވެސް މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށްވާތީއެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ 'ޕިންކްވިލާ'އިން ބުނެފައިވަނީ "ރެއިޑް 2" ރިލީޒްކުރާނެ ސީދާ ތާރީޚެއް އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ފިލްމުގައި ބާކީ މިހާރު ނުނިމި އޮތީ 10 ދުވަހުގެ ޝޫޓިންގ ކަމަށާއި ޖުލައި މަހުގެ ތެރޭގައި ފިލްމު ރިލީޒްކުރެވޭ ވަރަށް ނިންމާލެވޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ލަފާކުރެއެވެ. އަދި އެހެންވެއްޖެނަމަ ކުރިން ހަމަޖެހިފައި އޮތް ތާރީޚަށްވުރެ އަވަސް ތާރީޚެއްގައި ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް 'ޕިންކްވިލާ'އިން ބުނެއެވެ.
"ސިންގަމް އަގެއިން"އާއި "ރެއިޑް 2"ގެ އިތުރުން ދެން މިއަހަރު ތެރޭގައި އަޖޭ ފެނިގެންދާނީ ޖުލައި 05ގައި ރިލީޒްކުރާ ފިލްމު "އޯރޯނ މޭ ކަހާނ ދަމް ތާ"އިން ތާބޫއާއެކުގައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް