ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ސިޔާމް ކުށުން ބަރީއަވެއްޖެ

މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ކުރެވުނު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާއިން އޭނާ ބަރީއަވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ކުރި ދަޢުވާ ސާބިތުނުވާ ކަމަށެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ބައްޕަ ދިރިއުޅެން ބެހެއްޓި ކަމަށް ބުނެއެވެ.

ގާޒީ އާމިނަތު އަޒްލިފާ ހުކުމް ކުރެއްވުމުގައި ފާހަގަކުރެއްވި ގޮތުގައި، ޝިޔާމްގެ ބައްޕަ ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެންކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވެއެވެ. އަދި ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި މީހުން ބެހެއްޓުމަށް ޚާއްޞަ އުސޫލެއް ނެތްކަމާއި، ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް އެތަނުގައި ބަހައްޓާކަން ވެސް ފާހަގަކުރެއްވިއެވެ.

ޝަރީޢަތުގައި ހެކިބަސް ދިން ސިފައިން ބުނެފައިވާ ގޮތުގައި، ޝިޔާމްގެ ބައްޕައަށް ފޯރުކޮށްދެވުނު ޚިދުމަތްތަކަށް ޑިފެންސް މިނިސްޓްރީއަށް ބިލް ކޮށްފައި ނުވެއެވެ. އަދި ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުރަށް ޚަރަދު ކުރީ ޝިޔާމްގެ އަމިއްލަ ފައިސާއިންކަން ވެސް ހެކިން ބުނެފައިވެއެވެ.

ޝިޔާމްގެ ދިފާޢުގައި ބުނެފައިވަނީ، އޭނާގެ ބައްޕަ އެ ތަނުގައި ބެހެއްޓެވީ ސިފައިންގޭގައި އޮންނަ އާދަކާދައިގެ ތެރެއިން ކަމަށެވެ. ސިފައިންގެ އެކި ރޭންކުތަކުގެ މީހުންގެ އާއިލާ މެންބަރުން ކުއްލި ހާލަތްތަކުގައި އެ ތަނުގައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލައި، ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ބުނެ މައްސަލަ އަލުން ބަލައި ދަޢުވާކުރަން ނިންމިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy