ސޯސަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ނަގާފައިވާ ފޮޓޯއެއް
މިއަދު ހަވީރު 5:06 ހާއިރު މާލޭ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ދިވެހި ފިރިހެނެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނުނު ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ވަގުތުން ތަޙުޤީޤު ފަށައި، ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވެއެވެ. ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައި، ހަށިގަނޑު ގެންދިޔައިރުވެސް އެ ފަރާތް ވަނީ މަރުވެފައި ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުން ބުނާ ގޮތުގައި މަރުވެފައި އޮތް ފިރިހެނާގެ ނިތްކުރީގައި ޒަޚަމްތަކެއް ފެނިފައިވެއެވެ. ނަމަވެސް މި މަޢުލޫމާތު އަދި ރަސްމީކޮށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހާމަކުރުމަށް ފުލުހުން އިންކާރުކޮށްފައިވާއިރު، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. އަދި އާންމުންގެ ފަރާތުން މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، މަ، ފުލުހުންނާ ހިއްސާކުރުމަށް އެދިފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މެއި މަހު ސިނަމާލެ ބްރިޖު ކައިރިން ވެސް މަރުވެފައިވާ ބިދޭސީ އަންހެނެއްގެ ހަށިގަނޑު ފެނިފައިވެއެވެ. މި ދެ ހާދިސާއާ ދެމެދު ގުޅުމެއް އޮތްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް