އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި މާސް އިންސްޕެކްޝަނުގައި 28 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއް ހިމެނޭހެން 27 ޒޯނެއްގައި ޖުމްލަ 314 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
"ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައިވާނެ. އަދި ގަވާއިދާ ޚިލާފަށް އެ މީހުން ލައްވައި މަސައްކަތް ކުރުވާ 92 ދިވެހީންނަށް ލިޔުމުން ނަސޭހަތް ދީފައިވާނެ" އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަނުގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންގެ އިތުރުން ފުލުހުންނާއި، އިކޮނޮމިކް މިނިސްޓްރީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް ބައިވެރިވިއެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަތުމެވެ. އަދި އެފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް