އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް، އުފެއްދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި އާޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވުމެވެ. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ އަދި ޖަމާއަތްތަކާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.
މި އެއްބަސްވުމުގައި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ މުއައްސަސާގެ ސީއީއޯ، ދޫޝާން ކަމާލުއްދީނެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ސްޓްރެޓެޖިކް އޮފިސަރު މަރްޔަމް ނަޝާއެވެ.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމުގެ އިތުރުން އެ ދާއިރާތަކުން އިގްތިސާދީ ނަފާ ހޯދުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ގޮތުން، ސަލްޓަންޕާކުގައި ހުންނަ ތާރީޚީ އުސްގެކޮޅުގައި ދާރުލްއާސާރެއް ހެދުމަށް ވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް