ނޭޕާލުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި
ނޭޕާލަށް މިދިޔަ ދުވަސްތަކުގައި ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން މިހާތަނަށް 170 އަށްވުރެ ގިނަ މީހުން މަރުވެ، 42 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، ކޯރުތައް ބަންޑުންވެ، އަދި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީގެ ސަބަބުން ބައެއް މައި މަގުތައް ބަންދުވެ، ގިނަ އަދަދެއްގެ މީހުން ދަތުރުފަތުރުގައި ތާށިވެފައިވާ ކަމަށްވެސް ބުނެވެއެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާނު ރިޝީ ރާމް ތިވާރީ ވިދާޅުވީ، މަގުތައް ސާފުކޮށް އަލުން ހުޅުވުމުގެ މަސައްކަތް ހަލުވިކޮށް، ބާރަށް ކުރިއަށްދާ ކަމަށާއި، އަދި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ.
ނޭޕާލްގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 24 ގަޑިއިރުގެ ތެރޭގައި ގައުމުގެ 14 ސަރަހައްދަކަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައިވާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިފަދަ ކާރިސާތައް އިތުރުވަމުންދާ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފައެވެ.
މި އަހަރުގެ ތެރޭގައި ނޭޕާލްގައި ދިމާވި ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި މިހާތަނަށް ޖުމުލަ 220 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކާރިސާއާބެހޭ އިދާރާގެ ތެ ތަފާސްހިސާބުތަކުން ދައްކައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް