ޓޮޓެންހަމް އިން ޔުނައިޓެޑްގެ ދަނޑުގައި ކުޅެ 3-0 ން މޮޅުވެއްޖެ

ފެނާންޑޭސް އަށް ރަތް ކާޑު ދެއްކުން

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕަރ އިން 3-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

މެޗު ފެށިގެން އެންމެ ތިން މިނިޓު ތެރޭގައި ޓޮޓެންހަމްގެ ބްރެނަން ޖޯންސަން ޖެހި ލަނޑުން އެ ޓީމުން ލީޑު ނެގި އެވެ. މި ލަނޑު ޖެހުމުގެ ކުރިން ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެން ޑަ ވެން ވަނީ އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ވަދެ، ޖޯންސަން އަށް ބޯޅަ ހުސްކޮށްލާފައި ނަގައިދީފަ އެވެ.

މެޗުގެ 42 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެން ޔުނައިޓެޑަށް ބޮޑު ދަތިތަކެއް ކުރިމަތިވި އެވެ. ފެނާންޑޭސް އަށް ރަތް ކާޑު ދެއްކީ ޓޮޓެންހަމްގެ ޖޭމްސް މެޑިސަން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޓޮޓެންހަމްގެ ޑޭޖާން ކުލުސެވްސްކީ ޖެހި ލަނޑުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި މެޗުގެ 77 ވަނަ މިނިޓުގައި ޑޮމިނިކް ސޮލާންކޭ ޖެހި ލަނޑުން ޓޮޓެންހަމް އިން 3  ޕޮއިންޓް ކަށަވަރުކުރިއެވެ.

މި މޮޅާ އެކު، ކުޅުނު ހަ މެޗުން 10 ޕޮއިންޓާ އެކު ޓޮޓެންހަމް ވަނީ ލީގުގެ އަށްވަނައަށް ޖެހިލައިފައެވެ. އެހެންނަމަވެސް ކުޅުނު ހަ މެޗުން ހަތް ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 12 ވަނައިގަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ފެނާންޑޭސް އަށް ރަތް ކާޑު ދެއްކި ހިސާބަކީ މެޗުގެ ކަންކަން ބަދަލުވި ހިސާބުކަމަށާއި، މި ނަތީޖާ އަކީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy