ނަސްރުالله އަވަހާރަކޮށްލަން ބޭނުންކުރީ އެމެރިކާއިން އުފެއްދި ބޮމެއް - މާކް ކެލީ

ލުބުނާނުގެ ބެކާ ވާދީގައި އޮންނަ ބާލްބެކް ސިޓީއަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދިން ތަނުން ދުން އަރަނީ:- ފޮޓޯ: ނިދާލް ސޯލްހް/އޭއެފްޕީ/ގެޓީ އިމޭޖްސް

ހިޒްބުاللهގެ އިސްވެރިޔާ ހަސަން ނަޞްރުﷲ އަވަހާރަކޮށްލުމަށް، އިސްރާއީލުން ބޭނުންކުރި ބޮމަކީ އެމެރިކާއިން އުފެއްދި ބޮމެއް ކަމަށް އެމެރިކާގެ ސެނެޓަރު މާކް ކެލީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެނެޓްގެ އާމްޑް ސާވިސަސް އެއާލޭންޑް ސަބް ކޮމިޓީގެ މުގައްރިރު މާކް ކެލީ މިހެން  ވިދާޅުވީ، އާދީއްތަ ދުވަހު އެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ކެލީ ވިދާޅުވީ ނަސްރުﷲ އަވަހާރަކޮށްލަން އިޒްރޭލުން ބޭނުންކުރީ އެމެރިކާއިން އުފައްދާފައިވާ، 2،000 ޕައުންޑް (900 ކިލޯ) ގެ މާކް 84 ސީރީޒް ބޮމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ގައިޑެޑް މުނިޝަންސް، ޖޭޑީއޭއެމްސް (ޖޮއިންޓް ޑައިރެކްޓް އެޓޭކް މުނިޝަންސް) ގިނައިން ބޭނުންކުރާތަން، އެހެންވެ، އެ ވައްތަރުގެ ހަތިޔާރުތައް ފޯރުކޮށްދެމުން މިދަނީ" ކެލީ ވިދާޅުވިކަމަށް ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވެއެވެ. " ނަސްރުﷲ އަވަހާރަކޮށްލުމަށް 2،000 ޕައުންޑްގެ ބޮން ބޭނުންކުރީ، އެއީ މާކް 84 ސީރީޒްގެ ބޮމެއް".

ނަސްރުالله އަވަހާރަކޮށްލުމަށް ދިން ހަމަލާގައި، މީހުން ދިރިއުޅޭ ހަ އިމާރާތެއް ބިމާ ހަމަވެ، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ، ލުބުނާނަށް ގުޑުންގެނުވި، ހަމަލާގައި ބޭނުންކުރި ހަތިޔާރާ ބެހޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

40 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy