ގާސިމް އިބްރާހިމް، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ބައްދަލުކުރެއްވުން. ފޮޓޯ:- ރައީސް އޮފީސް
ރާއްޖެއަކީ، ކުޑަ ގައުމަކަށް ވިޔަސް، ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޤާސިމް މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނު މަރުޙަބާ ވިދާޅުވެ ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި ދިގު ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ޤާސިމް ވިދާޅުވީ، ޖިއޮގްރަފީގޮތުން ކުޑަނަމަވެސް، އދ ގެ ޢާންމު މަޖިލީހުގެ ސެޝަންތަކުގައި މީގެ ކުރީގައިވެސް ރާއްޖޭގެ ބައެއް ވެރީން ވަނީ ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާ ރާއްޖެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، އަދި މުޅިދުނިޔެއަށް ދިމާވެފައިވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން މުނާސަބުގޮތެއްގައި އަޑުއުފުއްލަވާފައިވާކަމަށެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހިޤައުމު ތަމްސީލް ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
"ނަމަވެސް ޝައްކެއްނެތް ގޮތުގައި، މީގެ 59 އަހަރު ކުރީން ދިވެހީންގެ ފަހުރުވެރި މިނިވަން ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށި ފަހުން، މި ގައުމުގެ ވެރިޔަކު އދ. ގައި ދިވެހި ގައުމު ތަމްސީލްކުރުމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމު ތަމްސީލު ކޮށްދެއްވީ، ނުހަނު ވިސްނުންތެރިކަމާއި އެކު ވަރަށް ފުރިހަމަ އަދި އެހާމެ މުނާސަބުކޮށް ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ "މި ލޮބުވެތި ޤައުމަކީ ފަޚުރުވެރި، ކެރޭ، ހަރުދަނާ، ދުރުވިސްނޭ، ޢިލްމާއި ހުނަރު ލިބިފައިވާ، ތަރައްޤީއަށް އުންމީދު ކުރާ ތަޞައްވަރެއް އޮތް، އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ޤައުމެއްކަން، ރައީސް ޑރ މުޢިއްޒު އެވަނީ ވަރަށް ސާބިތު ކަމާއި އެކު ދައްކުވައިދެއްވާފަ" ކަމަށެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ރައީސް ދެއްވި ތަޤުރީރަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަކަންވެސް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުތަކުގައި މިއަދު ދުނިޔެއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައިވާއިރު ރާއްޖޭގެ ވިންދާ ގުޅިފައިވާ ފަލަސްޠީނުގެ މައްސަލައިގައި ސަޙްޔޫނީ ދައުލަތުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރިކުރައްވާ ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެއާއި، އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް ވަނީ 2040ގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު، އެ ދުވަސް އަންނަންވާއިރު ދިވެހިރާއްޖެއަކީ، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަށް މާދަމާއަށް ޓަކައި ރައީސުލްޖުމުހޫރިއްޔާ ކުރައްވާ ތަޞައްވަރުތައް މުޅި ދުނިޔޭގެ ކުރިމަތީގައި ހާމަކޮށްދެއްވާ، މި ދިވެހިފަސްގަނޑާއި، ރައްޔިތުންނާއި މެދު ތިޔަ ދައްކުވައިދިން ފަޚުރުވެރި ނަމޫނާއަށް ޓަކައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް