ސްލިޕް ބޭނުން ކުރާއިރު ސަމާލުވާންޖެހޭ
އޮޅުވާލައިގެން ސައްހަ ނޫން ބޭންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ކަމާ ގުޅިގެން ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ސަމާލުވުމަށް މިއަދު ފުލުހުން ވަނީ އިލްތިމާސް ކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، މި ފަދަ ފޭކު ޓްރާންސްފާ ސްލިޕްތައް އުފައްދަނީ ވަކި ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. މި ފަދަ ސްލިޕްތައް ގިނައިން ބޭނުންކުރަނީ ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ގަންނަ ތަކެއްޗަށް އަގު ދެއްކުމުގެ ގޮތުންނެވެ.
ފުލުހުން ވަނީ މި ފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެކައުންޓަށް ފައިސާ ޖަމާވިކަން ކަށަވަރުކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް އިރުޝާދު ދީފައެވެ. އަދި މި ފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެދިފައިވެއެވެ.
ފުލުހުން ވަނީ އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މި ފަދަ މައްސަލަތަކަކީ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލަތަކެއް ކަމަށާއި، މި ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެކި ދުވަސްވަރު އެކި ގޮތްގޮތަށް މަކަރު ހަދަމުންދާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ވަނީ މި ފަދަ މައްސަލަތަކާ ގުޅޭ ގޮތުން އިތުރު ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށާއި، ކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުންނާ ހިއްސާކުރާނެ ކަމަށް ބުނެފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް