މާލޭގެ މަގުތަކަށް އިތުރު ފުލުހުން ނެރެ މަގުތައް ބެލެހެއްޓުން ހަރުދަނާކުރަނީ

މާލޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރި ވަނީ

މާލޭގެ މަގުތަކަށް އިތުރު ފުލުހުން ނެރެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އައު އުސޫލުތަކެއް ތަޢާރަފުކުރަން ނިންމާފައިވާކަމަށް ދިވެހި ފުލުހުން ހާމަކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި، މި އައު އުސޫލުގެ ދަށުން މަގުމަތީގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެންނާނެއެވެ. މިއީ މާލޭ ސަރަހައްދުގައި އިތުރުވަމުންދާމުންދާ އެކްސިޑެންޓްތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެކެވެ.

މި އައު ޕްލޭންގެ ދަށުން:

-  މިހާރު ތަމްރީނުވަމުންދާ ފުލުހުން ތަމްރީނު ނިމުމުން ސީދާ ފްރޮންޓްލައިންގައި މަސައްކަތްކުރާނެއެވެ.

-  ދުވާލުގެ ގިނަ ވަގުތުތަކުގައި ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާނެއެވެ.

-  މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެއެވެ.

މީގެއިތުރުން، މާލެ އާއި ހުޅުމާލޭގައި ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް ޤާއިމްކޮށްފައިވާ ކަމަށާއި، މި ސެންޓަރުން ފުލުހުންގެ ހަރަކާތްތައް 24 ގަޑިއިޑިއިރު މޮނިޓަރކޮށް، ވިލަރެސްކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށްވެސް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ ތެރޭގައި ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ ޚާއްޞަ ވިންގެއް ޤާއިމްކުރުމާއި، ގޭންގުތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ދާއިމީކޮށް ފުލުހުން ބެހެއްޓުން ހިމެނެއެވެ.

މި އައު ފިޔަވަޅުތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކުށްކުރުން މަދުވާނެ ކަމަށް ފުލުހުން އުންމީދުކުރެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy