ކަޅުބާޒާރުގައި ޑޮލަރު ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓުކޮށްފި

އިމިގްރޭޝަނުން އަތުލައިގަތް ބައެއް ތަކެތި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ކަމަށް ބެލެވޭ ފަސް ބިދޭސީން ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މީހަކު ޑީޕޯޓުކޮށްލައިފިއެވެ.

އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހިމެނޭ އަނެއް ތިން މީހުން މިހާރު ތިބީ ތަޙުޤީޤުގެ ބޭނުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

މި ފަސް ބިދޭސީން ހައްޔަރުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ކަމަށް އިމިގްރޭޝަނަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މީހުން އަތުން އެތައް ލައްކަ ރުފިޔާއެއްގެ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ނަމަވެސް، މި ފަސް ބިދޭސީން ނިސްބަތްވާ ޤައުމު އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy