ރައީސުލްޖުމުހޫރިއްޔާ ރާއްޖެވަޑައިގެންނެވުން
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ސެޕްޓެމްބަރ 20 ވަނަ ދުވަހު ފެށުނު މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓުގައި ތަޤުރީރު ކުރައްވައި، އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ވާހަކަފުޅު ދައްކަވާފައެވެ. މިއީ ރާއްޖެ އދ.ގެ މެންބަރަކަށްވީ ފަހުން، ރާއްޖޭގެ ރައީސަކު އދ.ގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ މޫސުމީ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތަ، އިޖުތިމާއީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒޭޝަން ފަދަ މުހިންމު މައުޟޫއުތަކަށް އަލިއަޅުއްވައި ގިނަ ތަޤުރީރުތަކެއް ދެއްވާފައެވެ. އަދި ޔޫއެންޖީއޭ 79 ގެ ހަވާސާގައި ބޭއްވުނު ގިނަ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްއާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ނިއުޔޯކުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސް މުއިއްޒު ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގައި ތަޤުރީރެއް ދެއްވައި، ނިއުޔޯކުގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތްކުރައްވާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް