ރާއްޖެއަށް އެހީތެރިވުމަށް ޔޫއޭއީ ތައްޔާރަށް އޮތްކަމަށް އެ ގައުމުން ބުނެފި

ޔޫއޭއީން ރާއްޖެއަށް އެހީތެރިވާން ތައްޔާރު / ފޮޓޯ:ރައީސް އޮފީސް

ރާއްޖެއަށް ބޭނުންވާ ކޮންމެ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޔޫއޭއީ ތައްޔާރަށް އޮތް ކަމަށް އެ ގައުމުން ބުނެފިއެވެ.

ޔޫއޭއިން މި ފަދައިން ބުނެފައި ވަނީ  އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް، ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގެ ތެރޭގައެވެ.  

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، އިޤްތިޞާދީ ތަރައްޤީ، އިންވެސްޓްމަންޓް އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫއޭއީ ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް، އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ދެ ފަރާތުންވެސް އެއްބަސްވެފައިވެއެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން ވަރުގަދަކުރުމަށް މަގުފަހިވާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy