ލިވަޕޫލުގެ ކޯޗް
ލިވަޕޫލްގެ ސީނިއަރ ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު، އެ ކުޅުންތެރިންގެ މުސްތަޤުބަލާމެދު އުފެދޭ ސުވާލުތަކަށް ކްލަބުގެ ކޯޗު އާނާ ސްލޮޓް އަނެއްކާވެސް ސީދާ ޖަވާބެއް ނުދީ ފިނި ޖަވާބަކުން ނިންމާލައިފިއެވެ.
ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް، މުހައްމަދު ސަލާހު އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. މި ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ނުކުރާނަމަ، ޖެނުއަރީ 1 ގެ ފަހުން، ޕްރިމިއާ ލީގުގެ ކްލަބްތައް ނޫން ކޮންމެ ޓީމަކާވެސް ވާހަކަ ދައްކައި، ޕްރީ އެގްރީމަންޓެއް ހެދުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ލިބިގެންދާނެއެވެ.
"ތި އުޅެނީ ތި ސުވާލުތައް އެކި ގޮތްގޮތަށް ކޮށްގެން އަހަރެންގެ ފަރާތުން ތި މީހުން ބޭނުންވާ ޖޖަވާބެއް ހޯދަން. އަހަރެން ވަރަށް އުފަލުން މި ހުރީ އެ ކުޅުންތެރިން އަހަރެންގެ ޓީމުގައި ތިބީމަ. މި ސީޒަނުގައި އަދިވެސް ވަރަށް ގިނަ މެޗުތަކެއް ކުޅެން އެބަހުރި، އަހަރެން ވަރަށް އުފާވޭ އެ މީހުން މި މެޗުތަކުގައި ބޭނުންކުރެވޭނެތީވެ. ދެން ބަލަންވީ މުސްތަގުބަލު ކިހިނެއްތޯ އޮތީ،" ސްލޮޓް ބުންޏެވެ.
ސަލާހު ވަނީ މިއީ މިހާރު އޮތްގޮތުން ލިވަޕޫލްގައި އޭނާގެ ފަހު ސީޒަން ކަމަށް ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާހު ހޯދަން ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާއި ޕީއެސްޖީން މަސައްކަތް ކުރެއެވެ. އަލެކްސަންޑަ އާނޯލްޑް، ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އޭނާ ވަނީ ކެރިއަރުގައި ގިނަ ތަށިތަކެއް ހޯދުމާއި ލިވަޕޫލްގެ ކެޕްޓަންކަން ކުރުމަކީ ހާއްސަ އަމާޒެއް ކަމަށް ބުނެފައެވެ. ވެން ޑައިކް ވަނީ، އިތުރު ދެ އަހަރަށް ލިވަޕޫލްގައި މަޑުކޮށް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.
ލީގުގައި މިހާތަނަށް ލިވަޕޫލުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ޓީމުގެ މުހިއްމު ތިންކުޅުންތެރިން އެޓީމުގައި މަޑުކުރުވުމަށް އެ ޓީމުން މަސައްކަތްތަކެއް ކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް