އަރަބިއްޔާ ސްކޫލު އަގުގެ މައްސަލައާއި ގުޅިގެން އެއްބަސްވުން ބާތިލްކޮށްފި

ކުރީގެ އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލު އަގުގެ މައްސަލައާ ގުޅިގެން އެއްބަސްވުން ބާތިލްކޮށްފިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އަގަކީ 168.5 މިލިއަން ރުފިޔާ ކަމަށް ކުރިން ކަނޑައަޅާފައިވީ ނަމަވެސް، އާ ބިމަށް މަސައްކަތް ބަދަލުކުރުމާ ގުޅިގެން އަގު މާކެޓް އަގަށްވުރެ 70 މިލިއަން ރުފިޔާ އިތުރުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާރު މަސައްކަތް ކުރަމުންދަނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމަން ޖެހުނީ ރައްޔިތުންގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށްޓަކައެވެ. އަދި ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުމަށް ރޭވިފައިވާ ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ ކުދިން މިހާރު ކިޔަވަމުންދަނީ ވަގުތީ އިމާރާތެއްގައި ކަމަށާއި، ދާއިމީ އިމާރާތެއް ނުލިބި ލަސްވަމުންދިއުމާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމަށް ވެސް ފާހަގަކުރެވެއެވެ. މީގެ ކުރިން ޗާނދަނީ މަގުގައި ހުރި އިމާރާތުގެ ތަނބުތަކުގައި ރެނދުލައި ގެއްލުން ލިބިފައި ހުރުމުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އެ ސްކޫލު ހުސްކުރަން ޖެހުނެވެ. އެއަށްފަހު، ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި ދުވަސްތަކެއް ވަންދެން ކިޔަވައިދިނުމަށް ފަހު، މިހާރު އަރަބިއްޔާގެ ކުދިން ކިޔަވަމުން އަންނަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތުގައެވެ.

މި މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާ މައްސަލައަކަށް ވެފައިވާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy