ނަތަންޔާހޫ ތަޤުރީރާ ޖެހުމުން ދިވެހި ވަފުދު އދ. މަޖިލިސް ދޫކޮށް ނިކުމެއްޖެ

ނަތަންޔާހޫ ތަޤުރީރާއި ޖެހުމުން ދިވެހިވަފުދު ނިކުމެފައި

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ ވަފުދުން އެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކޮށް ޖަލްސާކުރާ މާލަމުން ނިކުމެގެން ގޮސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މަޢުލޫމާތު ދެއްވިގޮތުގައި، ދިވެހި ވަފުދު މަޖިލިސް ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަސްޠީނާމެދު ގެންގުޅުއްވާ ޚާއްޞަ އަހަންމިއްޔަތުކަމަށާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންނެވެ.

ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ޙަރަކާތުން ފެންނަނީ ދިވެހިރާއްޖެއިން ފަލަސްޠީނުގެ މައްސަލައަށް ދެއްވާ މުހިންމުކަމާއި، އިސްރާއީލްގެ ޢަމަލުތަކާމެދު ރާއްޖެއިން ފާޅުކުރައްވާ ކަންބޮޑުވުމެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ގެންގުޅުއްވާ ސިޔާސަތުގެ ވަރުގަދަ ނިޝާނެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy