ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ހިފަހައްޓައިފި

ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީން

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ އިންޓަލިޖެންސް ޑިވިޝަނުން ހިފަހައްޓައިފިއެވެ.

މި ތިން މީހުން ހިފަހައްޓާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ތިން މީހުން ހިފަހައްޓާފައިވަނީ ވަކިވަކިންނެވެ. ފުރަތަމަ މީހާ ހިފަހައްޓާފައިވަނީ ޖުލައި 31 ވަނަ ދުވަހު އެވެ. އޭނާއަކީ 25 އަހަރުގެ ފިރިހެނެކެވެ. ދެވަނަ މީހާ ހިފަހައްޓާފައިވަނީ އޮގަސްޓް 16 ވަނަ ދުވަހުއެވެ. އޭނާއަކީ 23 އަހަރުގެ ފިރިހެނެކެވެ. އަދި ތިންވަނަ މީހާ ހިފަހައްޓާފައިވަނީ އޮގަސްޓް 18 ވަނަ ދުވަހުއެވެ. އޭނާއަކީ 21 އަހަރުގެ ފިރިހެނެކެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މީގެ ކުރިން ވެސް ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އެތައް ބަޔަކު ހުއްޓުވާ، ރާއްޖެއިން ފޮނުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކުން ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy