ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެކަމަށް ބުނެ އިންޒާރުދީފި

ރައީސް ޕުޓިން މަޝްވަރާ ބައްދަލުވުމެއްގައި

އެއްވެސް ޤައުމަކުން ރަޝިއާއަށް ހަމަލާ ދީފިނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުޅަނގުގެ ޤައުމުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.

މި އިންޒާރު ދެއްވާފައިވަނީ ރަޝިއާގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ފައްޓަވައިދެއްވަމުންނެވެ.

ޕުޓިން ވިދާޅުވެފައިވަނީ ނިއުކްލިއާ ދައުލަތެއްގެ ބައިވެރިވުން ނުވަތަ ތާއީދާއެކު ރަޝިއާއާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދިނުމަކީ ހުޅަނގުގެ ޤައުމުތަކުން ބައިވެރިވެގެންދޭ ހަމަލާއެއް ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި ރަޝިއާއަށް ނުވަތަ އެކުވެރި ބެލަރޫސްއަށް ވެސް އުދުވާނީ ހަތިޔާރު ބޭނުންކުރުމުގެ ހައްޤު ލިބިގެންވާ ކަމަށާއި، އޭގެ ތެރޭގައި އާންމު ހަތިޔާރު ވެސް ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.

މި އިންޒާރު ދެއްވާފައިވަނީ ޔޫކްރެއިނަށް ހުޅަނގުގެ އާންމު މިސައިލްތައް ފޮނުވުމާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުގައި ކުރެވުނު މަޝްވަރާތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ރަޝިއާއިން ވަނީ އެ ޤައުމުގެ ނިއުކްލިއާ ޑޮކްޓްރިންއަށް ބަދަލު ގެނެސްފައެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނުތާ މިހާރު ދެ އަހަރާއި ބައި ވެފައިވާއިރު، މިއީ 1962 ވަނަ އަހަރު ހިނގި ކިއުބާގެ މިސައިލް ކްރައިސިސްއަށްފަހު ރަޝިއާއާއި ހުޅަނގާ ދެމެދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހަމަނުޖެހުން ކަމަށް ބެލެވެއެވެ. އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ބިލް ބާންސް ވިދާޅުވެފައިވަނީ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުޞަތު އޮތުމާ ގުޅިގެން އެމެރިކާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy