އެޓްލެޓިކޯ މެޑްރިޑުން ސެލްޓަވީގޯ ބަލިކޮށް ލަލީގާ ތާވަލުގެ ތިންވަނައަށް

އެޓްލެޓިކޯއަށް ލަނޑު ޖަހައިދިން އަލްވަރޭޒް

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ސެލްޓަވީގޯ ބަލިކޮށް އެޓްލެޓިކޯ މެޑްރިޑުން ލީގުތާވަލުގެ ތިންވަނައަށް ކުރިއަށްޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސެލްޓަވީގޯ އިން މެޗު ޑޮމިނޭޓްކުރިއެވެ. މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި ސެލްޓަވީގޯގެ ގޯލާއި އަމާޒުކޮށް އެތްލެޓިކޯ މެޑްރިޑަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެތްލެޓިކޯ މެޑްރިޑް މޮޅުވި ލަނޑު ދެވަނަ މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް ލީގުތާވަލުގެ ތިންވަނާގައި މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ސެލްޓަވީގޯއަށް ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ 10 ވަނައިގައެވެ.

ލީގުގައި ސެލްޓަވީގޯ އެންމެ ފަހުން ކުޅުނު މެޗުގައި އެތްލެޓިކް ބިލްބާއޯ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އެޓްލެޓިކޯ މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރަޔޯ ވަޔޮކާނޯ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްލެޓިކޯ މެޑްރިޑެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy