ވޭޕިންގ މައްސަލައާ ގުޅޭ މަޝްވަރާތައް ސްކޫލްތަކާއެކު ފަށައިފި

މިއަދު ބޭއްވުނު މަޝްވަރާގެ ތެރެއިން/ ފޮޓޯ:އެޑިޔުކޭޝަން

ވޭޕް ކުރުމުގެ ނުރައްކާތެރި އާދައާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ތަޢުލީމީ ދާއިރާގެ އިސްވެރިންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.

މި ބައްދަލުވުންތައް ފެށީ މީގެ ދެ ދުވަސް ކުރިންނެވެ. ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގެ ޑޮކްޓަރުންނާއި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން އަމާޒުކުރެވިފައިވަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކަށެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ސްކޫލުތަކުގެ އިސްވެރިންނާއެކު އޮންލައިން ބައްދަލުވުމެއް މިއަދު ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުޙައްމަދު ޢަލީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލާ އަޑު ރާއްޖޭގައި ވަނީ ގަދަވެފައެވެ. މިގޮތުން ދާދި ފަހުން ދިވެހި ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިންވެސް ވަނީ އެކަމަށް ގޮވާލާފައެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށާއި، އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްޙީ މައްސަލަތައް ދިމާވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy