ސްކޭމް މައްސަލަތަކުން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދައިފި

ދިވެހި ފުލުހުންގެ މައި އިދާރާ

މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ސްކޭމް މައްސަލަތަކުން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އޭސީޕީ ޝިފާން މިހެން ވިދާޅުވެފައިވަނީ މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން ސްކޭމްތަކަށް އަދިވެސް ސަމާލުނުވާކަން ފާހަގަކުރެވެއެވެ. އަދި ގިނަ ބަޔަކު ސްކޭމްކުރާ މީހުންގެ ސްކީމްތަކުގެ ޝިކާރައަކަށް ވެގެން ދިއުމަކީ ހިތާމަހުރި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ވުޒާރާތަކާއި، އޮފީސްތަކުގެ އިތުރުން އިދާރާތަކުގެ ނަމުގައި ރައްޔިތުންނަށް ގުޅައި އެކައުންޓުގެ މައުލޫމާތު ހޯދައިގެން އެމީހުންގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައިކަން އޭސީޕީ ޝިފާން ފާހަގަކުރެއްވިއެވެ.

ސްކޭމްތައް ހުއްޓުވުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. ފުލުހުން އާންމުންނަށް އިލްތިމާސްކުރަނީ ބޭންކް އެކައުންޓަށް އެކްސެސް ވެވޭނެ މަގުތައް ބަންދު ކުރުމަށް އެއްވެސް ކޯޑެއް އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށާއި، ގޮތް ނޭނގޭ މީހުންނަށް ޓްރާންސްފާކޮށް ފައިސާގެ މުއާމަލާތްތައް ނުކުރުމަށެވެ.

މި މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވެފައިވަނީ މި އަހަރުގެ އެހާތަނަށް ސްކޭމްގެ އެކި މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 782 ޑިވައިސް ނެޓްވޯކުން ބްލޮކް ކޮށް، 297 ސިމްކާޑު ޓާމިނޭޓްކޮށް، އަދި 70 ވެބް ލިންކް ބްލޮކް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންސްޕެކްޓާ މަރިޔަމް އިތުރަށް ވިދާޅުވީ ފުލުހަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން 156 މައްސަލައެއްގައި ދައުވާކުރަން މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy