ރާއްޖެއަށް ގިނަ އަދަދަކަށް ޕަސިންޖަރުލައިން ދަތުރުކުރޭ
ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުތަކުގެ އެޖެންޓުކަން ކުރެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށް ކަނޑައަޅައިފިއެވެ.
މިގޮތަށް ކަނޑައަޅާފައި ވަނީ ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެނައި އިސްލާހަކުންނެވެ.
މީގެ އިތުރުން، ޕެސެންޖަރ ލައިސަންސް ފީގެ ގޮތުގައި ކޮންމެ ފަސިންޖަރަކަށް 5 ޑޮލަރު (77 ރުފިޔާ) ދައްކަން ޖެހޭ ގޮތަށްވެސް ހަމަޖައްސާފައިވެއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރު ރާއްޖޭގައި ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވައިދު" އަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުންނެވެ. މި އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.
އާ ގަވާއިދުގެ ދަށުން، ޓޫރިސްޓު އުޅަނދެއްގެ އެޖެންޓުކަމާ ހަވާލުވެވޭނީ ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހި ރައްޔިތުން ތިބި ކުންފުނިތަކަށެވެ. އަދި މިފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ކުންފުނި، ޕާޓްނަޝިޕް ނުވަތަ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ބައިވެރިންގެ ގޮތުގައި ތިބެންވާނީ ހަމައެކަނި ދިވެހިންނެވެ.
މީގެ އިތުރުން، ކުރިން "ޗާޓަރ ލައިސަންސް" ގެ ނަމުގައި ދެމުން އައި ލައިސަންސް "ޕެސެންޖަރ ލައިސަންސް" ގެ ނަމަށް ބަދަލުކޮށް، އިތުރު ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައިވެއެވެ. މި ލައިސަންސަކީ އުޅަނދުގެ ފަޅުވެރިން ފިޔަވައި އިތުރު ފަސިންޖަރުން އަރުވައިގެން ދުއްވުމަށް ހޯދަންޖެހޭ ލައިސަންސެކެވެ.
އާ އިސްލާހުގެ ދަށުން، ކޮންމެ ފަސިންޖަރަކަށް 5 ޑޮލަރުގެ ރޭޓުން އުޅަނދު ފުރުމުގެ ކުރިން ދައްކަންޖެހޭ އިތުރު ފީއެއް ތަޢާރަފުކޮށްފައިވެއެވެ. މި ފީއަކީ އުޅަނދުން ދައްކަންޖެހޭ ފީއެކެވެ.
މި ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުތަކުގެ އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ލިބި، ދައުލަތަށް އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް