އދ. ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު އުވާލުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އދ. ގެ ސަލާމަތީ މަޖިލީހުގައި ދާއިމީ ފަސް މެންބަރު ގައުމުތަކަށް ލިބިގެންވާ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މި ފަދައިން ގޮވާލައްވާފައި ވަނީ އދ. ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ވީޓޯ ބާރުގެ ސަބަބުން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް ތަކުރާރުކޮށް ނާކާމިޔާބުވަމުންދާ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ކުށެއް ނެތް އެތައް ހާސް މައުސޫމުން ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ހިސާބުތަކުގައި މަރަމުން އަންނަ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަލާމަތީ މަޖިލީހުގެ އިސްލާހާ ގުޅޭ މަޝްވަރާތތައް 15 އަހަރު ވަންދެން ކުރިއަށްދިޔަ ނަމަވެސް، އެއްވެސް އެދެވޭ ނަތީޖާއެއް ނުނެރެވޭތީ، އެ މަޝްވަރާތައް އަލުން ފެށުމަށް ރައީސް ގޮވާލެއްވިއެވެ. އަދި މިހާރު ކުރިއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލިސް ނިމުމުގެ ކުރިން އެ މަސައްކަތް ހަގީގަތަކަށް ހެދުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދައުރު ހަމަވާ އުސޫލުން ސަލާމަތީ މަޖިލީހުން ގޮނޑިއެއް ދިނުމަށް ގޮވާލައްވާފައެވެ. މިއީ ހަމަހަމަ ކަމާއެކު ސަލާމަތީ މަޖިލީހުގައި ގައުމުތައް ތަމްސީލް ކުރުމަށް ލިބިގެންދާނެ ތާރީޚީ ފުރުސަތެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy