ހިޒްބުﷲ އިން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފި

ހިޒުބުﷲ އިން އިސްރާއިލަށް ހަމަލާދެނި

ހިޒްބުﷲ އިން މިއަދު އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ތިން ތަނަކަށް މެދުރާސްތާގެ މިސައިލުން ހަމަލާތަކެއް ދީފިއެވެ.

މީގެ ތެރޭގައި އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" ގެ ހެޑްކުއާޓަރާއި ހަތިޔާރު އުފައްދާ ކާރުޚާނާއެއް ހިމެނެއެވެ. މީގެ ކުރިން ވެސް ހިޒްބުﷲ އިން ވަނީ 120 ކިލޯމީޓަރުގެ މިސައިލުން އިސްރާއީލަށް ދެ ހަމަލާއެއް ދީފައެވެ.

ހިޒްބުﷲ ބުނާ ގޮތުން މި ހަމަލާތަކުގައި އިސްރާއީލަށް ގެއްލުންތަކެއް ލިބި، ބައެއް ތަންތަނުގައި އަލިފާން ރޯވެފައިވެއެވެ. ނަމަވެސް، އިސްރާއީލުން މިކަން ދެކޮޅު ހަދާފައެއް ނުވެއެވެ.

އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުވަނީ އާންމުންގެ ގެދޮރާއި ސްކޫލު، ހޮސްޕިޓަލް ފަދަ މަދަނީ ތަންތަނަށެވެ. މިފަދަ ހަމަލާތަކުގައި އިއްޔެއާއި މިއަދު ލުބްނާނުގެ 600 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 3000 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ.

ހިޒްބުﷲ ގެ ހަމަލާތަކުގައި ވެސް އިސްރާއީލުގެ ގިނަ ބަޔަކު ޒަޚަމުވެފައިވާ ކަމަށް ބުނެވެއެވެ. އޭގެ ތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންކަމަށް ވެއެވެ.

މި ހަނގުރާމައިގައި ހިޒްބުﷲ އިން ގެންގުޅެނީ "ވޯ އޮފް އެޓްރިޝަން" ގެ ސްޓްރެޓެޖީ ކަމަށް ބެލެވެއެވެ. މިއީ ވިއެޓްނާމުން އެމެރިކާއާ ދެކޮޅަށް އަދި ކުރީގެ އަފްޣާން މުޖާހިދުން، ކުރީގެ ސޮވިއެޓް ޔުނިޔަންއާ ދެކޮޅަށް، އަދި ތާލިބާނުން އެމެރިކާއާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި ވެސް ގެންގުޅުނު ސްޓްރެޓެޖީއެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy