ގެއްލިގެން ހޯދާމީހާ / ފޮޓޯ:ޕޮލިސް
ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހުޅުމާލެ ފުލެޓް 205-2-35 ގައި މިހާރު ދިރިއުޅޭ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30 އަހަރު) އެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ސާއިފް އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ރޭ 21:00 ހާއިރު ހުޅުމާލެ ފޭސް 3 އިންނެވެ. އެ ވަގުތު އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއް ކަމަށް ފުލުހުން ވަނީ ހާމަކމަކޮށްފައެވެ.
މުޙައްމަދު ސާއިފްގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސާއިފްގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާއިރު، ގެއްލިފައިވާ ފަރާތް އަވަހަށް ހޯދުމަށް އާއިލާއާއި ރައްޓެހިން އެދެމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް