ލ. ގަމާއި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފަށަނީ

ވެމްކޯގެ އެމްޑީ

ލ. ގަމާއި ފޮނަދޫގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެކަމާ ގުޅޭ މައުލޫމާތު ދެއްވަމުން ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ރަށުގައި އަންނަ މަހުގެ ކުރީކޮޅު ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މަސައްކަތަށް ބޭނުންވާ މުވައްޒަފުންނާއި މެޝިނަރީޒްތައް ހަމަކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

ފޮނަދޫގެ 950 ގޭބިސީ އަދި ގަމުގެ 750 ގޭބިސީއަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއިން ދޭނެ އެވެ. ދެ ރަށުގައި ވެސް ހިދުމަތް ދޭނީ ވަކިންނެވެ. އިދާރީ މަސައްކަތް ކުރުމަށް ބޭނުންވާ އޮފީސް ދެ ރަށުގެ ގާއިމުކޮށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވެމްކޯގެ ހިދުމަތަށް އަހުލުވެރި ކުރުމުގެ ގޮތުން "ފައްޓަމާ" ގެ ނަމުގައި އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ހަރަކާތަކީ ހިދުމަތް ފަށާ ރަށްރަށުގެ މުއައްސަސާތަކާ ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށް ވެމްކޯގެ އޮފިޝަލް ވިދާޅުވި އެވެ. ފޮނަދޫގައި އެ ހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހު އެވެ. ގަމުގައި ހަރަކާތް ބާއްވާނީ އާދިއްތަ ދުވަހު އެވެ.

ވެމްކޯއިން އަންނަނީ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އާއި ރ. ވަންދޫ އަދި ކ. މާފުށީގައި ވޭސްޓް މެނޭޖްމަންޓުގެ ހިދުމަތް ދެމުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy