އެފްރިކާގައި އެމްޕޮކްސް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެއްޖެ

އެމްޕޮކްސް :ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް

އެފްރިކާގެ ގައުމުތަކުގައި އެމްޕޮކްސް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެއްޖެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ޑަބްލިޔުއެޗްއޯ އިން ހާމަކުރި ގޮތުގައި، އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބަލި، މި އަހަރުގެ މިހާތަނަށް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޢަދަދު 30،000 އަށް އުފުލިފައިވެއެވެ.

އެމްޕޮކްސް ޖެހިގެން މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 800 އަށް އުފުލިފައިވާކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ. މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. ކޮންގޯގެ އިތުރުން، އެ ޤައުމާ އިންވެގެން އޮތް ބުރުންޑީގައި ވެސް ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ކަމަށާއި، އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ބަލި ފެތުރި، ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ކޮންގޯގައި ބަލި ފެތުރެން ފަށާފައި ވަނީ 2023 ޖަނަވަރީގައެވެ.

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައިވަނީ، 2022 ވަނަ އަހަރާ އަޅައިބަލާއިރު، 2023 ވަނަ އަހަރު ބަލީގެ ކޭސްތަކުގެ ޢަދަދު ވަނީ 78.5 އިންސައްތަ އިތުރުވެ، އެފްރިކާގެ ހަތް ސްޓޭޓެއްގައި ބަލި ފެތުރެން ފަށާފައެއެވެ.

އެފްރިކާ ބައްރުގައި ހަލުވިކަމާއެކު އެމްޕޮކްސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި، ބައްޔަށް ޚާއްޞަ ކޮށްފައިވާ ވެކްސިން އެ ޤައުމުތަކުގައި ލިބެން ނެތުމާއި، އެ ބައްރުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ބަލިކަށިވުން ހިމެނެއެވެ. މި ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތްތަކެއް ފަށާފައިވެއެވެ.

 

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy