---
2030 ގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ %15 ހިއްސާކުރާނީ ޑިޖިޓަލް އިޤްތިސާދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ 79 ވަނަ އާންމު ޖަލްސާގައި ރާއްޖެ ތަމްސީލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން 2030 ގެ ނިޔަލަށް ޑިޖިޓަލް އިޤްތިސާދު ގައުމުގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ 2030 ގެ ނިޔަލަށް ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު %15 ޖީޑީޕީއަށް އަރުވަން. މިކަން އަޅުގަނޑުމެން ކުރާނީ އައިސީޓީ އާއި އިންފްރާސްޓްރަކްޗާ ކުރިއަރުވައިގެން."، ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމަށް ކުރެވިފައިވާ އަދި ކުރަން ނިންމާފައިވާ ކަންތައްތަކަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ މެޑިކަލް ސަޕްލައި ޑެލިވަރީ ކުރުމަށް ޑްރޯން އާއި ރަށް ގިރުމުގެ މައްސަލަ ދެނެގަތުމާއި ތިމާވެށި މޮނިޓަރ ކުރުމަށް އޭއައި ޓެކްނޮލޮޖީ ފަދަ 5ޖީ ޓެކްނޮލޮޖީ އެޕްލިކޭޝަންތައް ވެސް ތައާރަފްކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާ ކަމަށެވެ.
ހަމައެއާއެކު ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށް ބޭނުންވަނީ ތައުލީމާއި މާލީ ނިޒާމުތައް ބަދަލުކުރުމާއި، ޒުވާން އުމުރުން ފެށިގެން ޑިޖިޓަލް ލިޓްރޭސީއަށް އިންވެސްޓްކުރުމާއި، ޑިޖިޓަލް ބައިބައިވުންތައް ހުއްޓުވުމާއި، ރެގިއުލޭޓަރީ ފްރޭމް ވޯކްތައް ހަރުދަނާ ކުރުމާއި، އާ ސިނާއަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ޑިވެލޮޕްމަންޓު ބެންކެއް މިދިޔަ މެއި މަހު ޤާއިމުކުރެވިގެން ދިޔަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖޭގައި އުފެދިފައިވާ ޑިޖިޓަލް ބައިބައިވުންތަކަށް ޙައްލު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަން ކުރެވޭނީ އަޅުގަނޑުމެން ރެގިއުލޭޓަރީ ފްރޭމްވޯކްތައް ވަރުގަދަކުރަންޖެހޭނީ، ސްޓާޓްއަޕް އިކޯސިސްޓަމްތައް ތަރައްޤީކޮށް، މިހާރު ހުރި މުއައްސަސާތައް ހަރުދަނާކޮށް، އަޅުގަނޑުމެން އުންމީދުކުރާ މުސްތަޤްބަލަށް ބޭނުންވާ ބާރު ފޯރުކޮށްދީގެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދު ކުރިއެރުވުމުގެ މައިގަނޑު އަމާޒަކީ އިންކްލޫސިވް ޑިވެލޮޕްމަންޓާއި، ފުރުސަތުތައް ހަމަހަމަކަން ކަށަވަރުކޮށްދީ، އަންހެނުންނާއި ޒުވާނުންނަކީ މުހިއްމު ބައެއް ކަށަވަރުކޮށް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދިނުމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް