ރެއާލް މެޑްރިޑުން އަލަވޭސްއާ ދެކޮޅަށް ކުޅެ ކުޑަ ފަރަގަކުން މޮޅުވެއްޖެ

ރޭގެ މެޗުގައި އެމްބަޕޭ ވަނީ ގޯލްޖަހާފައި

ސްޕެނިޝް ލީގުގައި އެންމެފަހުގެ  ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅެ 3-2 ގެ ކުޑަ ފަރަގަކުން މޮޅުވެއްޖެއެވެ.

ރެއާލްގެ ސަންތިއާގޯ ބަރުނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު ޖެހީ ކެޕްޓަން ލޫކަސް ވަޒްކޭޒެވެ. އޭނާ މި ގޯލު ޖެހީ މެޗު ފެށިގެން އެންމެ ފުރަތަމަ މިނެޓުގެ ތެރޭގައެވެ. ދެވަނަ ގޯލު ޖެހީ ކީލިއަން އެމްބާޕޭއެވެ. އެއީ މެޗުގެ 40 ވަނަ މިނެޓުގައެވެ. ރެއާލްގެ ތިންވަނަ އަދި ފަހު ގޯލު ޖެހީ ރޮޑްރީގޯއެވެ. އެއީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައެވެ.

އަލަވޭސްގެ ފަރާތުން ދެ ގޯލު ޖެހީ މެޗުގެ ފަހު ކޮޅުގައެވެ. އެގޮތުން 85 ވަނަ މިނެޓުގައި ޕްރޮޓޮސޯނީ ޖެހި ގޯލާއެކު، 86 ވަނަ މިނެޓުގައި ކިކީ ގާސިއާ ޖެހި ގޯލުން އަލަވޭސްއިން ވަނީ ރެއާލްއަށް ސިހުން ގެނުވާފައެވެ.  ނަމަވެސް ރެއާލްއިން ވަނީ ފަހު މިނެޓުތަކުގައި ރަނގަޅަށް ޑިފެންސްކޮށް ލީޑު ހިފަހައްޓައި މެޗުގައި މޮޅުވެފައެވެ.

މި މޮޅުވުމާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް އެއް މެޗު މަދުން ކުޅެ 18 ޕޮއިންޓް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

25 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy