މުއާހަދާތަކުގައި ސޮއިކުރުން / ފޮޓޯ:މިނިސްޓްރީ
ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުހިންމު ދެ މުޢާހަދާއެއްގައި ބައިވެރިވެއްޖެއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ މި ދެ މުއާހަދާއަކީ ދުނިޔޭގެ ކަނޑުތަކުގެ ތިިންބައިކުޅަ ދެބައި ހިމާޔަތްކޮށް ބެލެހެއްޓުމަށް އެކުލަވާލާފައިވާ " "ހައި ސީސް ޓްރީޓީ" އާއި މާކިއުރީ ޕޮލިއުޝަން ހުއްޓުވުމަށް އެކުލަވާލެވިފައިވާ މިނަމާޓާ ކޮންވެންޝަނެވެ.
ހައި ސީސް ޓްރީޓީގައި ރާއްޖެއިން ސޮއިކުރީ މި މަހުގެ ތިންވަނަ ދުވަހު ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގައެވެ. މިއާއެކު ރާއްޖެ ވެފައިވަނީ މި މުޢާހަދާގައި ބައިވެރިވި ނުވަވަނަ ޤައުމަށެވެ. މި މުޢާހަދާގެ މަޤްޞަދަކީ ޤައުމުތަކުގެ ސަރަޙައްދުން ބޭރުގައިވާ ކަނޑުތަކާއި އޭގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ހިމާޔަތްކުރުމެވެ.
މިނަމާޓާ ކޮންވެންޝަނުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މެއިމަހުގެ 13 ވަނަ ދުވަހުއެވެ. މިއާއެކު ރާއްޖެ ވެފައިވަނީ މި މުޢާހަދާގައި ބައިވެރިވި 150 ވަނަ ޤައުމަށެވެ. މި މުޢާހަދާގެ މަޤްޞަދަކީ މާކިއުރީ ޕޮލިއުޝަން ހުއްޓުވުމެވެ.
މި ދެ މުޢާހަދާގައި ބައިި ބައިވެރިވުމުން ދުނިޔޭގެ ކަނޑުތަކާއި ބަޔޯޑައިވަސިޓީ ރައްކާތެރިކުރުމަށާއި، މާކިއުރީ ޕޮލިއުޝަން މަދުކުރުމަށާއި، ދުނިޔެ ހޫނުވުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް