ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ރައީސް އޮފީސް
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ރޭ އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ދިރިއުޅުމުގެ ޙާލަތު ބަދަލުކޮށްލާނެ އިޤްތިޞާދީ ބޮޑު ބަދަލަކަށް ރާއްޖެ އަމާޒު ހިފާފައިވިޔަސް، ދިވެހި ސަރުކާރުން އެކަމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާއެއް ނެރެވޭނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އެކަށީގެންވާ މާލީ އެހީތެރިކަމެއް ލިބިގެން ކަމަށެވެ. އެހެންނަމަވެސް، ޤައުމުގެ ތަރައްޤީގެ ޒިންމާ ރާއްޖެއިން އަބަދުވެސް ނަގަމުން އައީ އަމިއްލައަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ރާއްޖެއަކީ އަބަދު އެހީ ބަލައިގަންނަން އޮތް ޤައުމެއްގެ ގޮތުގައި ނުދެކި، ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި ދެކުމަށް ބައިނަލްއަޤްވާމީ ބޭންކުތަކާއި އެހީދޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި ދަރަނި ނެގުމުގައި އަގު ދަށްކޮށްދިނުމަށާއި، މާލީ ނިޒާމު ފަސޭހަކޮށްދިނުމަށާއި، ޝަރުޠުތައް ލުއިކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސްގެ ތަޤުރީރުގައި ދުނިޔެއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާތަކުގެ ކަންބޮޑުވުންތަކާއި، ތިމާވެށީގެ މައްސަލަތަކާއި، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ޑިޖިޓަލައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އިޤްތިޞާދު ބަދަލުކޮށްގެން ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނެ ކަމަށް ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މިއަދު އަނެއްކާވެސް އދ. އަށް އައިސްފައި މިވަނީ މަތީ އަމާޒަކާ އެކު އާ އުސްމިންތަކަކަށް ވާޞިލުވެ، ކުރިއަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ކަމަށާއި، ރާއްޖެއަކީ 2040 ވަނަ އަހަރު އަންނަންވާ އިރަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރާ އެކު ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް